Pages

Saturday, November 30, 2013

Dhuniyeyge Aadha


މިއީ އަލްމަރްހޫމް އަލްއުސްތާޒް މުހައްމަދު ޖަމީލްދީދީ ގެ ޅެމަކުން ހޮވާލެވިފައިވާ ބައިތުކޮޅެކެވެ
 
 ހާމަވީ ރީތި މަންޒަރު ތަކޭ ނެތި ދަނީ 
މާމަލުން އާގެ ތާޒާކަމޭ ގެެއްލެނީ      
  ދާމަގުން ދުނިޔެ ހިނގަމުން މިހިރަގެންދަނީ          
އާމަގެއްގައި ހިނގޭކަށް ނެތޭ އަންގަނީ                 
          
އިރާކޮޅު އެދިން ރީތި ހަނދުވަރުން
   ބިރާ މޮޅިތަކާ ވެސް ފިލާދިޔަ ފަހުން    
     އިރާދާގަ ހުރި ގުދުރަތީ ބާރަކުން          
     ދާއިރާއެއް އެހެން ހޯދުމަށް ހަނދު ދަނީ             

ލިބޭ ކޮންމެ އުފަލެއް ދަނީވެސް މިހެން
   ލިބޭ ލިބުމަކާ  އެކުއެކީ ގެއްލިގެން    
  ތިބޭކަށް ނުވާނޭ މިތާނގާ މިހެން        
މާ ލިބޭ ގުލްޝަނެއް މާދުރުން ފެންނަނީ             

No comments: